ޗައިނާ އާއި ދިވެހި ރާއްޖޭގެ ގުޅުން ހީނަރުކުރުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެ ކަމަށާއި އެ މައްސަލަތައް ބަލައިދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެ ކަމަށް ޗައިނާ އެމްބަސީން ބުނެފި އެވެ.
ޗައިނާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫއަރާ ފަދަ ހަބަރުތައް ބައެއް އޮންލައިން ނޫސްތަކުގައި ލިޔަމުންގެންދާ ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރާ ފަދަ ދޮގު ހަބަރުތައް ބަލައި ނުގަންނަ ކަމަށް ވެސް ޗައިނާ އެމްބަސީން ބުނެފައިވެ އެވެ. އަދި އެ މައްސަލަތައް ބަލައި ދިނުމަށް ދިވެހި ސަރުކާރުގެ ކިބައިން އެދިފައިވާނެ ކަމަށް ވެސް ޗައިނާ އެމްބަސީން ވަނީ ބުނެފަ އެވެ.
ޗައިނާ އިން ބުނީ ރާއްޖޭގެ ތަރައްގީ އާއި ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ރަނގަޅު ކުރުމަށް އަބަދުވެސް އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ދާހިލީ ކަންކަމާއި އެ ގައުމުން ނުބެހޭނެ ކަމަށް ވެސް ޗައިނާ އެމްބަސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން
ހޫނު މޫސުމުގައި ކޮންޑޯ އެއާލައިނުން އަލުން ދަތުރު ފަށަނީ
ޝައްވާލު މަހުގެ ހަ ރޯދަ މުހިއްމުވާ 3 ސަބަބެއް!