މިމަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ބޭނުންކުރައްވާނީ ފުރަތަމަ ބުރުގައި ވެސް އެ ކެންޑޭޓުން ބޭނުން ކުރެއްވި ނަމްބަރުތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ދިޔަ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރިން ވެސް ބޭނުން ކުރި ނަންބަރު ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންފައި ވަނީ ތިން ވަނަ ނަންބަރެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުގެ ކެންޑިޑޭޓް ނަންބަރަކީ ހަތަރު ވަނަ ނަންބަރެވެ.
އިއްޔެ ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގަތީ 85،989 ވޯޓާއެކު އެވެ. އެއީ 39.12 ޕަސެންޓްގެ ވޯޓެވެ. ޑރ. މުއިއްޒަށް ލިބިވަޑައިގަތީ 101،128 ވޯޓެވެ. އެއީ 46.01 ޕަސެންޓެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ކުޑަ އެހީއެއް!
ކާޑެއްދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް މި އަހަރު ފެށޭނެ: ރައީސް
ބީއެމްއެލް އިން އަޅާ އިތުރު 182 ފްލެޓެއްގެ ބިންގާ އަޅައިފި
