ހުޅުމާލެ ނެރު ކައިރިން ނުރައްކާތެރި ލޯންޗު އެކްސިޑެންޓެއް ހިނގާ ފަސް މީހަކަށް އަނިޔާ ވެއްޖެ އެވެ.
ލޯންޗު އެކްސިޑެންޓާ ގުޅިގެން އަނިޔާވި ފަސް މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުން ބުނީ މިރޭ ކަނޑުމަތިން ހިނގި އެ ހާދިސާގައި އެކްސިޑެންޓުވީ ޖޮއި އައިލެންޑުން ޓޫރިސްޓުން ތަކެއް ގޮވައިގެން އެއާޕޯޓަށް ދިޔަ ލޯންޗަކާއި ލިއޯ ޓްރޭޑިންގެ މުވައްޒަފުންތަކެއް ގޮވައިގެން ދަތުރުކުރި ލޯންޗެއް ކަމަށެވެ.
ބޮޑު އަނިޔާއެއް ވެފައި ވަނީ ލިއޯ ޓްރޭޑިންގް ލޯންޗުގައި ތިބި މީހުންނަށެވެ.
ޖޯއީ އައިލެންޑްގެ ލޯންޗުގައި ތިބި މީހުންނަށް އެހާ ބޮޑެތި އަނިޔާ ތަކެއް ލިބިފައި ނުވާ ކަމަށާއި އެމީހުން ފުރަން އެއާޕޯޓަށް ގޮސްފައިވާ ކަމަށް ކޯސްޓްގާޑުން ބުނެ އެވެ.
ކޯސްޓްގާޑުން ބުނީ އަނިޔާވި މީހުން ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ލިއޯ ޓްރޭޑިންގް ލޯންޗުގެ ކައްޕި އޮތީ ކްރިޓިކަލް ހާލަތުގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟
ޗައިނާގެ ފުރަތަމަ ކްރޫޒް ލައިނާ ރާއްޖެ އަތުވެއްޖެ
ހިމަބިހީގެ ކޭސްތަކުގެ އަދަދު 22 އަށް އަރައިފި
