ޓްރާންސްޕޯޓް މިނިސްޓްރީއިން ޑޮމެއިން ވިއްކުން ރައީސް އޮފީހުން ހުއްޓުވައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އެޑްރެސްކުރައްވާ، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފޮނުއްވި ސިޓީއެއްގައި ވަނީ މިނިސްޓްރީއިން ޑޮމެއިން ވިއްކައިގެން ދައުލަތައް ލިބެންޖެހޭ ފައިސާ ނުލިބޭގޮތަށް ގަވާއިދާ ހިލާފަށް ޑޮމެއިންއާ ގުޅޭ މުއާމަލާތްތައް ކުރަމުން ގެންދާކަން ފާހަގަ ކުރެވޭ ކަމަށެވެ.
އެ ސިޓީގައި ބުނެފައި ވަނީ އިއުލާން ކުރުމެއްނެތި ޑޮމެއިން ވިއްކަމުންގެންދާ ކަމަށާއި ގަވާއިދުގައިވާ ގޮތަށް ޑޮމެއިންއާ ގުޅޭ މައްސަލަތައް ހައްލު ކުުރުމަށް ކޮމެޓީއެއް އެކުލަވާލާފައި ނުވާކަމަށެވެ.
މީގެ އިތުރުން ޑޮމެއިން ވިއްކުމުގައި މިނިސްޓްރީން އަމަލުކުރަމުން ގެންދާ އުސޫލާއި ގަވާއިދާ އެއްގޮތަށް ޑޮމެއިން ވިއްކުމުގެ ކަންކަން ނުހިންގިވާ ސަބަބެއް އެ އޮފީހާ ހިއްސާކުރަން ވެސް އަންގާފަ އެވެ.
އަދި ރައީސް އޮފީހުން ވަކި ގޮތެއް އަންގަން ދެން ޑޮމެއިންއާ ގުޅޭ އެއްވެސް މުއާމަލާތެއް ނުކުރަމަށް ވަނީ އަންގާފަ އެވެ.
ގަވައިދާ ހިލާފަށް ސެޓްފިކެޓް ދޫކުރުމުން އެވިޑް ޖޫރިމަނާކޮށްފި
ކައިވެނީގެ ހަފްލާގައި ކެލަމްގެ ގަމީސް ހާއްސަވީ ކީއްވެ؟
ސިނގިރޭޓުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފި

މިތަނަކީ ކުޅޭ ކުޅޭ ތަނެެއް