ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންއަކީ އޭނާގެ ފިލްމުތަކަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާ ފަންނާނެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ފަންނާނެެކެވެ.
އެގޮތުން މިފަހަރު ވެސް ސަލްމާން މިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމަށްޓަކައި އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ.
އެންމެ ފަހުން އާއްމުވި ސަލްމާންގެ ފޮޓޯތަކުގައި އޭނާ ހުރީ ބޯ ބަލައި ތަލަ ކޮށްގެންނެވެ. ވަރުގަދަ އިސްތަށިގަނޑެއް އޮންނަ ކަމަށް ބުނެވޭ ސަލްމާން ބޯ ބާލައިފައި މިވަނީ ކުރިއަށް އޮތް ފިލްމަށް ކަމަށް ބުނެވެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި ސަލްމާންގެ ކުރިއަށް އޮތް ފިލްމަކީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންގެ ދަށުން އުފައްދާ ފިލްމެކެވެ. އެ ފިލްމުގައި ސަލްމާން ދައްކުވައިދެނީ ސިފައިންގެ މީހެއްގެ ކެރެކްޓަރު ކަމަށް ބުނެވެ އެވެ.
މިއީ ސަލްމާން ފިލްމަކަށްޓަކައި ބޯ ބޭލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން "ތޭރޭ ނާމް" އަދި "ސުލްތާން"އަށް ވެސް އޭނާ ވަނީ ބޯ ބާލާފަ އެވެ. އޭގެ ތެރެއިން ވެސް ތޭރޭ ނާމްގައި އޭނާ ދައްކުވައިދިން އެކްޓިންއަކީ ތަފާތު މޮޅު އެކްޓިން އެކެވެ.
ސަލްމާން މިހާރު ތައްޔާރު ވަމުން އަންނަނީ ޔަޝް ރާޖް ފިލްމްސްގެ "ޓައިގާ 3" ރިލީޒް ކުރުމަށެވެ. ކެޓްރީނާ ކައިފް ވެސް ފެނިގެންދާ އެ ފިލްމުގައި ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މާ ގިނައިރު އޭސީގައި އުޅޭނަމަ ދިފާއީ ނިޒާމު ބަލިކަށިވޭ!
ބީއެމްއެލް އާއި މައިންޑްކޯ ގުޅިގެން އޭއައި ސެންޓަރެއް
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް
ޒުވާން އިރުވެސް ވަރުގަދަ އިސްތަށި ގަނޑެއް ނޯވޭ. ތަލަވެގެން އިސްތަށި އިންދާފަ ހުންނަނީ. އޮޅިފަ ތިޔަ އޮތީ، ވަރުގަދަ އިސްތަށިގަނޑެއް އޮންނަނީ ޝާހުރުޚް ޚާންގެ