އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ކަމާއި އަދި ފަހުން ވެސް އެ ޕާޓީ އަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި އައިޝަތު އާނިޔާ ކެންސަރު ބަލީގައި ނިޔާވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހު މިއަދު ނިޔާވި އާނިޔާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީން ހިންގި ގިނަ ހަރަކާތްތަކެއްގެ އިސް ފަހުން ފެނިފައިވާ ފަރާތެކެވެ. ދެހާސް އަށާރަ ވަަނަ އަހަރު ވެރިކަމަށް އައި އެމްޑީޕީގެ ފުރަތަމަ އަހަރު އާނިޔާ ވަނީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވައިފަ އެވެ. އަދި އޭރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލި މިނިވަން ނޫހާއި މިނިވަން ރޭޑިއޯގައި ވެސް އާނިޔާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން އިމްތިޚާބުގައި އިމްތިޔާޒް ފަހުމީ އަށް ނާކާމިޔާވުމާ އެކު އާނިޔާ ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އޭގެ ކުރިން އޭނާ ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވެސް ވާދަކުރައްވައިފަ އެވެ.
ބާއްޖަވެރި ދުވަހަކަށް ގެންގުޅެންޖެހޭ ހެނދުނުގެ 5 އާދައެއް!
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
ވަރުގަދަ އިންޒާރުތަކަށްފަހު އަނެއްކާވެސް ޓްރަމްޕް ފަސްޖެހިއްޖެ