ސިވިލް ކޯޓަށް ވައްކަން ކުރަން މީހަކު ވަން މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާއަށް ހުއްދަ ނެތި މީހަކު ވަން މައްސަލައެއް ތަހުގީގު ކުރަމުން ގެންދަ ކަމަށެވެ. އެ މައްސަލަ ފުލުހަށް ރިޕޯޓު ކޮށްފައިވަނީ މިއަދު ހަވީރު 4:00 ގަ އެވެ.
މިހާތަނަށް ބެލި ބެލުމުން އިމާރާތުން އެއްވެސް އެއްޗެއް ވަގަށް ނެގިކަން ފާހަގަކުރެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޖަސްޓިސް ބިލްޑިންގގައި ހިންގަނީ ސިވިލް ކޯޓާއި ފެމެލީ ކޯޓުގެ ބައެކެވެ.
ސިވިލް ކޯޓަށް މީހަކު ވައްކަން ކުރަން ވަދެފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު އެ އިމާރަތުގައި ހުންނަ ފެމިލީ ކޯޓަށް ވެސް މީހަކު ވަދެ ގެއްލުން ދީފައިވެ އެވެ.
ބޮލީވުޑްގެ މި ތަރިންގެ ފުރަތަމަ މުސާރަ އެނގޭތަ؟
ނޮވެމްބަރު 17ގެ އެއްވުން ފަސްކުރަން އެމްޑީޕީން ނިންމައިފި
ބައިވެރިޔާއަށް ވަފާތެރިވާން އުނދަގޫތަ؟
