ޕްލާސްޓިކް ސާޖަރީ ހަދައި ސިފައަށް ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް ބުނެ ބޮލީވުޑްގެ ތަރި ސުޝްމިތާ ސެން އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ސުޝްމިތާއަށް ފާޑުކިޔާ މީހުންގެ އަދަދު އިތުރުވެފައި މިވަނީ މިފަހުން އާއްމުވި އޭނާގެ ފޮޓޯއެއްގައި އޭނާގެ މޫނު ދުޅަވެފައި ވަނިކޮށެވެ.
އެގޮތުން ސުޝްމިތާއަކީ ކުރިންވެސް ރީތި ތަރިއެއް ކަމަށާއި ޕްލާސްޓިކް ސާޖަރީ ހަދައިގެން އޭނާގެ ބުރުސޫރަ ރީތި ކުރަން އުޅުމުގެ ބޭނުމެއް ނެތް ކަަމަށް އެ މީހުން ބުނެ އެވެ.
މި ވާހަކަތަކަށް ސުޝްމިތާގެ ފަރާތުން ބަހެއް މިހާތަނަށް ލިބިފައި ނުވި ނަމަވެސް ފަހުގެ ފޮޓޯތަކުގައި އޭނާގެ މޫނުން ބޮޑު ބަދަލެއް ފެނިގެންދެ އެވެ.
ސުޝްމިތާއަކީ ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި ބޮލީވުޑްގެ ގިނަ ފިލްމުތަކަކުން ފެނުނު ތަރި އެކެވެ. އޭނާއަކީ 1997 ވަނަ އަހަރު މިސް ޔުނިވާސް ވެސްމެ އެވެ.
ބީއެމްއެލް އިން "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި
ދޮންނަ މެޝިން ވެސް ދޮންނަން ވާނެ!
ނިކޯލްއަށް އޭނާގެ މަންމަ ދިން އެންމެ ފަހުގެ ނަސޭހަތަކީ މިއީ!