ގއ. ވިލިނގިލީގައި އަންހެނަކު ރޭޕް ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ ވިލިނގިލީގައި އުމުރުން 21 އަހަރުގެ އަންހެނަކު ރޭޕުކުރި މައްސަލައެއް ފެންމަތިވީ ރޭގެ ވަގުތެއްގަ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި، އަންހެން މީހާއަކީ ރަށުން ބޭރު މީހެކެވެ. އަދި އަންހެން މީހާ ރޭޕު ކުރުމުގައި އެކަކަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ފާއިތުވި 10 ދުވަހު ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހުން މަރުވި
ކަޅު ބާޒާރުގެ ޑޮލަރު ރޭޓު ފެންނަ ވެބްސައިޓު ރާއްޖޭގައި ބްލޮކް
ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ