ޖަމިއްޔާތަކެއް އުވާލަން ނިންމާ ލިސްޓު ނެރެފައި ވަނީ އެނގިވަޑައިގެން ނޫން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޔޫތު މިނިސްޓްރީން ވަނީ 1989 ޖަމިއްޔާއެއް އުވާލަން ނިންމާ އާންމުކޮށްފަ އެވެ. ޔޫތު މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އުވާލަން ނިންމި ޖަމިއްޔާތަކަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމިއްޔާތަކުގެ ތެރެއިން މި އަހަރުގެ ނިޔަލަށް ޖެހިހެހިގެން ދެ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނެތް ޖަމިއްޔާތަކާއި ހިންގާ ކޮމިޓީ ރަޖިސްޓަރީ ކޮށްފައި ނުވާ ޖަމިއްޔާތައް ކަމަށެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޖަމިއްޔާތައް އުވާލަން އާއްމުކޮށްފައިވާ ކަން ފެނުނީ ނޫސްތަކުން ކަމަށެވެ. އޭގެ ތެރޭގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތަކާއި ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމިއްޔާތައް ވެސް ހިމެނޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ މިކަމާ ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހިއްސާ ކޮށްފައިވާ ކަމަށާއި މިކަންކަން ބަލާ ރަނގަޅު ކުރުމަށް ރިކުއެސްޓުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އުވާލަން ނިންމި ބައެއް ޖަމިއްޔާތަކުގެ ތެރޭގައި ޖަމިއްޔަތުލް ސަލަފާއި ކުރީގެ ރައީސް މައުމޫން އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް އުފައްދަވަފައިވާ މައުމޫން ފައުންޑޭޝަން ވެސް ހިމެނެ އެވެ.
ބީޓީއެސްގެ އެނބުރި އައުން: އެއް އަހަރު ތެރޭގައި 34 މަންޒިލަކަށް!
އައްޑޫގައި ވިއްކާ ތެލުގެ އަގު އިންތިހާއަށް ބޮޑުކޮށްފި
މާ ގިނައިން ކުޑަކަމުދެވުމަކީ ނުރައްކަލުގެ ރަނގަބީލަކަށް ވެދާނެ!
