އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ މެމްބަރު މުހައްމަދު ތޮލާލު ހަމަޖައްސަވައިފި އެވެ.
ތޮލާލަކީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އެވެ.
އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުގެ އިތުރުން މޯލްޑިވްސް އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް ކަން ވެސް ކުރައްވާފަ އެވެ.
ރައީސް ޔާމީންގެ ރަސްމީ އިންތިހާބީ އެޖެންޓަކަށް ތޮލާލު ހަމަޖައްސާފައިވާ ކަމަށް މިވަގުތު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފަ އެވެ.
ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލުހުކުމެއް އިއްވައިފަ އެވެ. އެކަމާ ގުޅިގެން ޔާމީންއަށް ކުރިއަށް އޮތް ރިޔާސީ އިންތިހަބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތަށް ވަނީ ގެއްލިފަ އެވެ.
އެ މައްސަލަ މިހާރު ވަނީ އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފަ އެވެ.
ރައީސް ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ހޯދުމަށް ޕީޕީއެމްއިން އަންނަނީ ކޮންމެ ދުވަހަކު ވެސް އެކި މުއައްސަސާތަކާ ބައްދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އެކަން އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.
ވޯލްޑް ކަޕް ބޮއިކޮޓް ނުކުރާނެ ކަމަށް ޖަރުމަނުން ބުނެފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
އެމްޓީވީ މޮބައިލް ސްޓްރީމިންގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި
