މާލެ ދަތުރުކުރަމުން ދިޔަ ލޯންޗެއްގެ ބެޓެރި ގޮވާ 6 މީހަކަށް އަނިޔާވެއްޖެ އެވެ.
އެ ހާދިސާ ހިނގީ ރ. އުނގޫފާރުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދިޔަ ކުރިސްޓަލް ސްޕީޓް ނަމަކަށް ކިޔާ ލޯންޗެއްގަ އެވެ.
އެމްއެންޑީއެފް އިން ބުނީ އެވަގުތު އެ ލޯންޗުގައި 36 މީހުން ތިބިކަމަށްވޭ.ބެޓެރި ގޮވާ ހަ މީހަކަށް އަނިޔާވެފައިވާ ކަމަށާ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ލޯންޗުގައި ބެޓެރި ގޮވި އެތި އަދި ރިސޯޓު ކައިރިންނެވެ. އެލޯންޗުވަނި އެރިއަދޫ ރިސޯޓަށް ވައްދާފަ އެވެ.
ބެޓެރި ގޮވުމުގެ ސަބަބުން ލޯންޗުގެ ފަހަތުގައި ތިބި ބައެއް މީހުންގެ ގައި ވަނީ ފިހިފަ އެވެ.
އަމާން ޓަވަރުތަކަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކުރަނީ
"ކްރައިމް ޕެޓްރޯލް"ގެ އާ މޫނަކަށް އަޖޭ ދޭވްގަން!
ޕެރަމައުންޓުން ހޮލީވުޑް ދޫކޮށްލަނީ؟
