ޖެންޑާ މިނިސްޓްރީ ކައިރީ މިއަދު ޕީޕީއެމްގެ ކަނބަލުން ބޭއްވި މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހަތަރު ކަނބަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށެވެ.
ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ މިއަދު ޖެންޑާ މިނިސްޓްރީ ކައިރީގައި އިހުތިޖާޖު ކުރީ މިދިޔަ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހު، ޖެންޑާ މިނިސްޓަރާ ބައްދަލުކުރަން އެދި ފޮނުވި ސިޓީއަށް ޖަވާބުދީފައި ނުވާތީ އާއި ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ހޯދުމަށް ގޮވާލުމަށް ކަމަށެވެ.
މިއަދު ބާއްވާފައި ވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ވެސް ޕީޕީއެމްގެ އޮފިޝަލް ވިދާޅުވި އެވެ.
ދާދިފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް އޮތް ދުވަހެއްގައި ކްރިމިނަލް ކޯޓު ކައިރީ ކުރި މުޒާހަރާގެ ތެރެއިން ވެސް ޕީޕީއެމްގެ ފަސް މީހަކު ހައްޔަރުކޮށް، ޖެހިގެން އައި ދުވަހު ވަނީ ދޫކޮށްލާފަ އެވެ.
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!
ރޭގަނޑުގެ ނިދި "ހަރާބު" ކޮށްލާ އާއްމު 3 އާދައެއް!
ދިފާއުގައި ވާހަކަ ދައްކަން އީޝާއަކަށް ފުރުސަތެއް ނުދިން: ވަކީލު
