ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ސީޝެލްސްއާ ދެމެދު ގުޅުން ބަދަހިވަމުންދާކަން ހާމަވެގެންދާ ހަތަރު އެއްބަސްވުމެއް ދެގައުމުގެ މެދުގައި މިއަދު ބަދަލުކުރައްވައިފި އެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއި ކޮށްފައި ވަނީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ މަގުފަހު ކުރުމުގެ އެއްބަސްވުމަކާއި ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުމަކާއި ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް އަދި މެރިޓައިމް އެންޑް ސެކިއުރިޓީ ސޭފްޓީ ތްރެޓު އެއްބަސްވުމުގެ އިތުރުން ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމެއްގަ އެވެ.
މިއެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ސޭޝެލްސްގެ ރައީސް، ވޭވަލް ރާމްކަލާވަން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއެއްބަސްވުމުތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ސީޝެލްސްގެ ފަރާތުން ސޮއި ކުރެއްވި އެގައުމުގެ ޓޫރިޒަމް އެންޑް ފޮރިން އެފެއާޒް މިނިސްޓަރު ސިލްވެސް ރަޑަގޮންޑޭ އެވެ. ޒުވާނުންނާއި ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެވެ. އެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ ދެގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށް ފަހު އެވެ.
ލިއަމްގެ މިލްކިއްޔާތު އޭނާގެ 9 އަހަރުގެ ދަރިފުޅަށް!
ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕް ކޮށްގެން ޕީއެސް5 ޕްރޯއެއް
އަސްކަރީ ކުންފުންޏެއް ކަމަށް ކަނޑައެޅުމުން އަލީބާބާއިން ކޯޓަށް