މާލޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަން އުޅުނު މާރާމާރީއެއް ހުއްޓުވައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ ރޭ 11:25 ހާއިރު މަޖީދީމަގު ޑައިންމޯ ކައިރީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނު މައްސަލާގައި ހައްޔަރުކުރީ 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
މިމައްސަލާގައި އެކަކު ހައްުޔަރުކޮށްފައިވާއިރު ދެ މީހަކު ވަނީ ފިލާފަ އެވެ.
މާރާމާރީ ހުއްޓުވުމުން ފިލަން ދުވި މީހުންގެ ތެރެއިން ދެ މީހަކު ފިލީ ސައިކަލު އެތަނަށް ދޫކޮށްލާފައި ކަމަށާއި އެ ސައިކަލު ޓޯކޮށްފައިވައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މާރާމާރީ ހިންގަން އުޅުނު މީހުން ދެނެގަތުމަށް ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
އެ އުޅެނީ ރައްޔިތުންގެ ފައިސާއަށް ހިޔާނާތްވާން: އިމްރާން