މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.
ކަރެކްޝަނަލް ސާވިސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިފަހަކަށް އައިސް ޖަލު އޮފިސަރުންނާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކޮށް ސައްހަ ނޫން ތުހުމަތުތަކާއެކު ބަދުނާމު ކުރާ ކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ޕްރިޒަންސް އޮފިސަރުން ބަދުނާމުކޮށް ބިރުދައްކައި އިންޒާރުދެމުންދާ ކަންވެސް ފަހަގަކުރެވޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ސައްހަނޫން މިފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން އެ ސާވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތާމެދު އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ކަމަށްވެސް ކަރެކްޝަންސް އިން ބުންނެވެ. އަދި އެ މުވައްޒަފުންނާއި އޮފިސަރުންނަށް ނުރައްކާތެރިކަން އިހުސާސް ކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެފަދަ އަމަލުތަކަކީ ކަނބޮޑުވާ ކަމެއް ކަމާށާ އެފަދަ އަމަލުތައް ތަކުރަރުވަމުންދާ ނަމަ ގާނޫނީ ފިޔަވަލު އަޅަނެ ކަމަށް ކަރެކްޝަންސް އިން ބުނެއެވެ.
			ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
		
			ގާޒާއަށް އެހީގެ ތަކެތި ވައްދަން ޔަހޫދީން ފުރުސަތު ނުދިން
		
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
								
								
					
					
					
					
					
					
					
					
					
					
					
އޭ ބުރާންޗާ ތީ ކަލޭމެންނަށް ޤާނޫނަކުން ލިބިދޭ.ބާރެއް ނޫން. ކަލޭމެންވެސް ތިބެންޖެހޭނީ ސައިޒުގަ. ފޮޓޯވެސް ނަގާ މީހުުން ނަގާނެ. އާއްމުވެސް ކުރާނެ. ސޯސަލްް މީޑިޔާއަށްވެސް ލާނެެ. އަދި ތިތާ ކަރަޕްޓްވެފަ ތިބީ ކޮން.ބައެއްކަންވެސް ސަރުކާރު ނިމެންދާއިރު އެންމެންނަށް އިނގޭނެ. ރައްޔިތުންނަށް ބިރުދަެއްްކުމަކީ ރަނޑުންގެ ގޮތެއް. އަދި ތީގެން އިނގެނީ ތިމާމެންނަށް ބޮޑެތި ގޯސް ހެދިފަހުރިކަން. މިއީ އެވޭލާ ޒަަމާނެއް ނޫން. ބޭނުން ކޮންމެ އެއްޗެއް ބަލާލެވޭނެ. ބެލޭނެ މާޤާމުގައި ބާކީ އިނީ 97 ދަވަސް ކަންވެސް ހަނދާންކުރާތި