ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަކާޑު ކަސްޓަމަރުންނަށް ހުޅުވާލި ޕްރޮމޯޝަންގެ ދަށުން ހުރިހާ ހަރަދަކާއެކު ދެ މީހަކަށް އިސްތަންބޫލްގައި އޮންނަ ޔޫއެފްއާ ޗެންޕިއަންސް ލީގު ފައިނަލް މެޗް ބަލާލަން ދިޔުމުގެ ފުރުސަތު ލިބޭ ފަރާތް ގުރުއަތުން ހޮވައިފި އެވެ.
މި ޕްރޮމޯޝަން އިން ހޮވުނު ފަރާތަކީ ހުދާ ހުސެއިން ހަބީބެވެ.
މި ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ ބީއެމްއެލް އިން ދޫކޮށްފައިވާ މާސްޓަރކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭ ގޮތަށެވެ.
މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސާ އެވެ.
ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.
ކަނޑުމަގުން އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖްތަކެއް އަތުލައިފި
ބުރުގާ ނާޅާ ލަވަކިޔުމުގެ އަދަބަކަށް ވީ ހައްދު ޖެހުން!
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!