މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއްގެ އަޑިއަށް ގޮސް، އެބޯޓުގައި ތިބި ހަ މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފި އެވެ.
އެމްއެންޑީއެފްއިން ބުނީ މ.ސަވާރީ ބޯޓު ހޯދުމަށް ހިންގާ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގެ ތެރެއިން މިބޯޓުން ދަތުރުކުރި 6 މީހުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާކަމަށެވެ. މިމީހުން ފެނިފައި ވަނީ ކޯސްޓްގާޑުން ހޯދަމުންދިޔަ ސަރަހައްދު ތެރެއިން އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ.
މި ހަ މީހުން މިހާރު ކޯސްޓްގާޑް ޝިޕް ޣާޒީއަށް ނަގާފައިވާއިރު އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ދަތުރުކުރި ބޯޓް އަޑިއަށް ގޮސްފައިވާކަމަށް ކެޕްޓަންވަނީ މަޢުލޫމާތުދީފައިވާކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެ އެވެ.
މިދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރެއްކަމުން ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުނެވެ.
ވޭޕްގެ ޝިޕްމަންޓްތައް އަތުލައިގަތުން: މީހަކު ހައްޔަރެއް ނުކުރޭ!
ބުރަކަށީގެ ރިހުން ނުފިލަނީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން؟