ހދ. ނޮޅިވަރަމްގައި ކީރިތި ގުރުއާން ދަސްކުރާ ކޮންމެ މީހަކަށް ބައިލައްކަ ރުފިޔާ ދިނުމަށް އެރަށުގައި ހިންގާ ޓިއުޝަން ސެންޓަރަކުން ނިންމައިފި އެވެ.
އެރަށުގައި ހިންގާ އޭއާރްޔޫ ޓިއުޝަން ސެންޓަރުން މިކަން އިންތިޒާމް ކޮށްފައިވާއިރު، އެ ސެންޓަރުން ބުނީ، މި ޕްރޮގްރާމް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ރަށުގައި ޤުރުއާން ހިތުދަސް ގިނަ ބަޔަކު އުފެއްދުމަށް ކަމަށެވެ.
ހަމައެހެންމެ މިއީ މިކަން ކުރުމަށް ގިނަ ބަަޔަކަށް ހިތްވަރު ދިނުމުގެ މަގުޞަދުގައި ކުރާ ކަމެއް ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެ ސެންޓަރުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އުމުރުން 5 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންނަށް އެފުރުސަތު މިހާރު ހުޅުވާލާފަ އެވެ. އެގޮތުން މި މަސް ނިމުމުގެ ކުރިން ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓުކުރުމަށް އެ ސެންޓަރުން އަންގާފައިވެ އެވެ.
ޤުރުއާން ހިތުދަސްކުރާ މީހަކަށް 50،000 ރުފިޔާ ދޭން އެ ސެންޓަރުން ނިންމާފައިވާއިރު، މިއީ މިފަދައިން އަމިއްލަ ފަރާތަކުން ހުށަހަޅައިގެން ރާއްޖޭގައި މިކަން ކުރާ ފުރަތަމަ ފަހަރެވެ.
			ބަޑި ބުރާސްފަތި: ބޭރުގެ ހަބަރުތަކުގެ ފަލަ ސުރުހީތަކުން!
		
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
								
								