ކުރީގެ ލޯބިވެރިންނާ މެދުގައި ގޯސްކޮށް އަމަލު ކުރެވުނުކަމަށް މަޝްހޫރު ބޮލީވުޑްގެ ތަރި ސަލްމާން ޚާން އެއްބަސްވެއްޖެ އެވެ.
ސަލްމާން މިހާތަނަށް މީހަކާ ނީނދެ ހުރުމަކީ އޭނާގެ ސަޕޯޓަރުން އަބަދުމެ ކަންބޮޑުވުން ފާޅުކުރާކަމެކެވެ. ނަމަވެސް ސަލްމާނުގެ ލޯބީގެ ހަޔާތަކީ އަބަދުމެ އޮން ސްކްރީން އާއި އޮފް ސްކްރީންގައި ވެސް ދެކެވޭ ބޮޑު ވާހަކައެކެވެ.
ހަމައެހެންމެ ސަލްމާނު މީގެ ކުރިން ލޯބީގެ ގޮތުން ގުޅުނު މީހުންނާއި މެދުގައި އޭނާ ކަންތައް ބެހެއްޓި ގޮތަކީ ދޭތެރެއިން ފިލްމީ އިންޑަސްޓްރީގައި ދެކެވޭ ވާހަކަތަކެކެވެ. މިއިން އެއްވެސް ވާހަކައަކަށް ސަލްމާނު އެއްވެސް ރައްދެއް މީގެކުރިން ދީފައެއް ނުވެ އެވެ.
ނަމަވެސް ދާދި ފަހުން ސަލްމާނު ވަނީ އޭނާއަށް އަބަދުމެ އަމާޒުވަމުންދިޔަ އެ ސުވާލުތަކަށް ޖަވާބުދީފަ އެވެ.
ސަލްމާނު ބުނިގޮތުގައި އޭނާގެ ކުރީގެ ލޯބިވެރިންނާއި މެދުގައި އޭނާއަށް އަމަލު ކުރެވުނީ އެންމެ ރަނގަޅަކަށް ނޫނެވެ. އަދި އެއީ އޭނާ މިއަދު ދެރަވާ ކަމެއް ކަމަށްވެސް ސަލްމާނު ބުންޏެވެ.
ސަލްމާނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރު، ޖިސްމާނީ އަނިޔާގެ ޝިކާރައަކަށްވީކަމަށް ކުރީގެ ބޮލީވުޑް ތަރިންކަމުގައިވާ އައިޝްވަރްޔާ ރާއީ އާއި، ސޯމީ އަލީ ތުހުމަތުކޮށްފައިވެ އެވެ. އަދި އެދެތަރިންވެސް ސަލްމާނާއި ގުޅުން ކަނޑައިލީ އެސަަބަބާއި ގުޅިގެންކަމަށް އެތަރިން ބުނެފައިވެ އެވެ.
ކުރީގެ ތިން ރަައީސުންގެ ބައްދަލުވުން ހުކުރު ދުވަހު ބާއްވަނީ
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
ދެ ރައީސުންނާއެކު މަސައްކަތްކުރަން ނިންމީ ގައުމުގެ މަސްލަހަތުގައި
