ހދ ނޮޅިވަރަމް ސުކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.
އެ ރަށު ކައުންސިލުން ބުނީ ސުކޫލްގެ އިސްލާމް ކިޔަވައިދެމުން އަންނަ ނާއިޒް އިބްރާހިމް މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރީ ކުޅުދުއްފުށިން އައިތަނުން ނޮޅިވަރަމް ބަނދަރުމަތިންނެވެ.
އޭނާ ފަރުވާކުޑަކަމުގެ ޝަކުވާ މީގެ ކުރިން ބެލެނިވެރިންވެސް ކޮށްފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ. ދަރިވަރުންނަށް ނަގައިދޭން ޖެހޭ ފިލާވަޅުތައް ނަގައި ނުދިނުމާއި ސުކޫލަށް ހާޒިރު ނުވުމުގެ މައްސަލަތައް މީގެ ކުރިންވެސް ޖެހޭ ކަމަށްވެސް ކައުންސިލުން ބުންޏެވެ.
އޭނާގެ މިފަދަ މައްސަލަތަކެއް ޖެހުނު ނަމަވެސް އޭނާ އާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ނިކޯލްއަށް އޭނާގެ މަންމަ ދިން އެންމެ ފަހުގެ ނަސޭހަތަކީ މިއީ!
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ
ބީއެމްއެލް އިން "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި
