ސްކޫލް ކުދިންނަށް ހާއްސަކޮށްގެން، ހިޔާ ފުލެޓް ސަރަހައްދު ރޫޓުން ބަސް ދަތުރެއް ބާއްވާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނިގޮތުގައި މި ދަތުރުތައް ބަންދުނޫން ދުވަސްތަކުގައި ކުރަމުންގެންދާނެ އެވެ. އެގޮތުން ރޫޓް 7 އަދި ރޫޓް 8 ގައި ހެނދުނު 8:05 ގައި ދަތުރުކުރާނެ ބަހެއް އޮންނާނެ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
އެމްޓީސީސީން ބުނިގޮތުގައި ހުޅުމާލެ ހިޔާ ފްލެޓް ސަރަޙައްދުގެ ބަސް ސްޓޮޕް އެކެއްގައި މި ބަސް ހެނދުނު 7:50 އިން ފެށިގެން އޮންނާނެ އެވެ. އަދި ދަރިވަރަކާއި އެކު ބެލެނިވެރިއަކަށްވެސް ދަތުރުކުރެވޭނެކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.
އެމްޓީސީސީން އިތުރަށް ބުނިގޮތުގައި އާރް ތިނެއްގައިވެސް ދަރިވަރުންނަށް ހާއްސަކޮށްގެން ދަތުރުކުރާނެ ބަހެއް އޮންނާނެ އެވެ.
އެ ބަސްތައް، ހުޅުމާލެ ފޭސް ދެއަކުން، ސިންތެޓިކް ޓްރެކް ބަސް ސްޓޮޕާއި، އަމިން އެވެނިއު ސްޓޮޕްގެ އިތުރުން ފުލެޓް 120 ސްޓޮޕަށް ދަތުރުކުރަމުން ގެންދާނެ އެވެ.
ހޫނު މޫސުމުގައި އާއްމު ސިއްހަތަށް ރައްކާތެރިވާނީ ކިހިނެއް؟
އެމްޑީޕީގެ އިސް ސަފުން ފެންނަނީ ދަލު ބޭރުން ޖެހިގެން އުޅޭ ބައެއް
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި

ވަރަށް ރަނގަޅު ކަމެއް