ރަމަޟާން މަހުގެ ދުވަސްތަކުގައި ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސެންދެން ކެއިން ބުއިމާއި ދުނިޔަވީ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް މުސްލިމުންނަށް އަންގަވާފައިވެ އެވެ.
ފަޖުރުގެ އަލި ފާޅުވުމާއި އިރުއޮއްސުމަކީ ކާއިނާތުގެ ކަންކަން ހިނގާ މަގުން ދިމާވާ ކަމަކަށް ވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރޯދަހިފާ މުސްލިމުންނަށް ރޯދައަށް ތިބެން ޖެހޭ ވަގުތު ވެސް ތަފާތުވެ އެވެ. މިކަން މިހެން ވަނީ ޖިއޮގްރަފީ ގޮތުން އެގައުމުތައް އޮންނަ ތަނުގެ ގޮތުންނެވެ.
އެގޮތުން ތިރީގައި އެވަނީ މިއަހަރު އެންމެ ގިނައިރު ރޯދައަށް ހުންނަން ޖެހޭ ގައުމުތަކާއި އެންމެ މަދު ވަގުތުކޮޅެއްގައި ރޯދައަށް ހުންނަން ޖެހޭ ގައުމުތަކެވެ.
އެންމެ ގިނައިރު ރޯދައަށް ތިބެން ޖެހޭ ގައުމުތައް
- ގްރީންލޭންޑް - 18 ގަޑިއިރު
 - އައިސްލޭންޑް - 18 ގަޑިއިރު
 - ފިންލެންޑް - 17 ގަޑިއިރު
 - ސްކޮޓްލޭންޑް - 17 ގަޑިއިރު
 - ކެނެޑާ - 17 ގަޑިއިރު
 
އެންމެ މަދުން ރޯދައަށް ތިބެން ޖެހޭ ގައުމުތައް
- ނިއުޒިލެންޑް - 12 ގަޑިއިރު
 - ޗިލީ - 12 ގަޑިއިރު
 - އާޖެންޓީނާ - 12 ގަޑިއިރު
 - އިންޑޮނޭޝިއާ - 13 ގަޑިއިރު
 - ކެންޔާ - 13 ގަޑިއިރު
 
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
			ގާޒާއަށް އެހީގެ ތަކެތި ވައްދަން ޔަހޫދީން ފުރުސަތު ނުދިން
		
			އައިބީގެ އިތުބާރު ނެތް ކަމުގެ ޕެޓިޝަނެއްގައި ސޮއިކުރަނީ