މަޝްހޫރު ބޮލީވުޑް ތަރި އަމީތާބް ބައްޗަންއަށް ފިލްމެއްގެ ޝޫޓިންގެ ތެރެއިން އަނިޔާވެ ފަރުވާ ހޯދަން ޖެހިއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އަމީތާބަށް އަނިޔާ ޥެފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ތަޅާފޮޅާ މަންޒަރެއް ނެގުމުގެ ތެރެއިންނެވެ.
އުމުރުން 80 އަހަރުގެ އަމީތާބުގެ މައިބަދައިގެ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށާއި ދުވަސްކޮޅެއް ވަންދެން އަރާމު ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އަމީތާބުގެ އަނިޔާއާއެކު ހައިދަރްއާބާދުގައި ކުރިއަށް ދިޔަ 'ޕްރޮޖެކްޓް ކޭ'ގެ ޝޫޓިން މަސައްކަތްތައް ވަނީ ހުއްޓިފަ އެވެ.
މި ހާދިސާއާއެކު ސެޓުތަކުގައި އެކްޓަރުންނަށް އެކަށީގެންވާ ރައްކާތެރިކަން ނުލިބޭ ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.
ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އަމީތާބު މިހާރު ވަނީ ގެއަށް ދޫކޮށްލާފަ އެވެ.
މެކްރޮންއާއި ފްރާންސްގެ އެކްޓްރެސްއަކާ ގުޅުމެއްގެ ބޭއްވި ތުހުމަތު
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
ދެ ރައީސުންނާއެކު މަސައްކަތްކުރަން ނިންމީ ގައުމުގެ މަސްލަހަތުގައި