އދ. މާފުށިވަރު ރިސޯޓް ކައިރިއަށް މޫދަށް ފައިބައިގެން އުޅުނު ޒުވާނަކު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ޢުމުރުން 18 އަހަރުގެ ރ. އިނގުރައިދޫ, މާހާ, ނިޝާހް ޢަބްދުލް ޣަފޫރެވެ.
ފުލުހުން ބުނީ، އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއިއަޅަން މޫދަށް ފައިބައިގެން އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 18:54 ހާއިރުކަމަށެވެ.
އެމީހާއަށް މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އިއްޔެވެސް މޫދުގައި ހިނގި ހާދިިސާއެއްގައި ފަތުރުވެރިއަކު މަރުވެފައެވެ. ކ.ތުލުސްދޫ ކައިރިއަށް މޫދަށް އެރިއުޅުނު ފަތުރުވެރިއާ މަރުވީ ޑިންގީއަކުން ޖެހިގެންނެވެ.
ރިސޯޓު ހަދަން ދޫކުރި ތަންތަން އަލުން ބީލަމަށް ހުޅުވާލައިފި
ޝާހްރުކް، ސަލްމާން އަދި އާމިރު އުމުރާ ގުޅޭ ފިލްމުތައް ކުޅެންޖެހޭ!
2022ގެ ވޯލްޑް ކަޕްގައި ދެއްކި ޖުވާގެ އިސްތިހާރުތަކުގެ ނުފޫޒު ބޮޑު
