އދ. މަހިބަދޫގެ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކޮށް، އިތުރަށް ފުރިހަމަކުރުމަށްޓަކައި އިތުރު ޖަނަރޭޓަރެއް އެރަށަށް ގެންގޮސް އިންސްޓޯލްކުރަން ފަށައިފި އެވެ.
ސްޓެލްކޯއިން ބުނީ މަހިބަދޫއަށް 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރެއް ގެންގޮސް، އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. މަހިބަދޫއަށް އާ ޖަނަރޭޓަރެއް ގެންގޮސްފައި ވަނީ މަހިބަދޫގައި ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު މަތިކޮށް، އިތުރަށް ފުރިހަމަކުރުމަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން އަންނަނީ އެކުންފުނިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގެ ހާލަތު ބަލައި ހިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންނެވެ.
މާލެ ހިމެނޭހެން ރާއްޖޭގެ 35 ރަށަކަށް އެކުންފުނިން އަންނަނީ ކަރަންޓުގެ ހިދުމަތް ފޯރުވައިދެމުންނެވެ
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!
އަމާން ޓަވަރުތަކަށް ކުނި އަޅާ މީހުން ހޯދަން ކެމެރާ ހަރުކުރަނީ
ކޯޓުތަކަށް އައްޔަންކުރި ފަނޑިޔާރުންނާއެކު މަސައްކަތް ހަލުވިވާނެ
