ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ ދެ މަގާމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލުމުން ސުންގަޑި ހަމަވިއިރު އެ މަގާމަށް 10 ބޭފުޅަކު ކުރިމަތިލެއްވި ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލި ބޭފުޅުންނަކީ
- މުހައްމަދު އިހުސާން، ނޫރުވާދީ, ކ. ތުލުސްދޫ
 - މުހައްމަދު ސަމީރު، ހިތްވަރު, ރ. އިނގުރައިދޫ
 - އަޙްމަދު ރިފްޝާން، ކަޝްމީރުގެ, ސ. ފޭދޫ
 - އިބްރާހީމް އިހުސާން، އެށެވެލި, ސ. މަރަދޫ
 - އުއްމުކުލްސޫމް އަބޫބަކުރު، ރަނައުރާގެ, ބ. ހިތާދޫ
 - ރަފީއުއްދީން އަހްމަދު، ސްނޯޑްރޮޕް, ސ. ހިތަދޫ
 - އަހުމަދު އާދަމް، އެތުމާގެ, ގއ. ގެމަނަފުށި
 - ޙުސައިން ސާލިމް، އާރު, ހއ. މާރަންދޫ
 - ސިޔާމާ މުހައްމަދު، މާލެ ދަފްތަރު ރސ 1319410.
 - އިބްރާހީމް ޒިހުނީ، ބިއްލޫރިޖެހިގެ, ގއ. ނިލަންދޫ
 
ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެ އެވެ. އަދި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިިގްރީ ހާސިލްކޮށްފައިވާ މީހަކަށްވުމާއި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހު ތަޖުރިބާހުރުމަކީ ވެސް މި މަގާމަށް ކުރިތިމަތިލާ މީހެއްގެ ޝަރުތެކެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަސާސީ މުސާރައާއި އެހެނިހެން އިނާޔަތަކާއި އެކު މަހެއްގެ މައްޗަށް 48،300 ރުފިޔާ ލިބެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި، ފޯނު އެލަވަންސްވެސް ލިބޭނެ އެވެ.
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			ޝަހީދު ހުސެއިން އާދަމްގެ ހަނދާނީ ބިނާ ހުޅުވައިފި