ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކެމްޕެއިނަށް ތިނަދުއަށް ވަޑައިގަތުމުން އިދިކޮޅުން މުޒާހަރާކޮށްފި އެވެ.
މި މުޒާހަރާގެ ތެެރެއިން އެކަކު ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.
ރައީސް މިއަދު ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ސަޕޯޓަރުން ވަނީ ބަނދަރު މައްޗަށް ނުކުމެ މުޒާހަރާކޮށްފަ އެވެ. އަދި އެމްޑީޕީ ޖަގަހަ ކައިރީގައިވެސް މުޒާހަރާކޮށްފަ އެވެ.
އަދި އިދިކޮޅު ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ "ހަރާމް" ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރުމަށެވެ.
ރައީސް ސޯލިހު ރަށްރަށަށް ކެމްޕެއިނަށް ވަޑައިގެންނެވުމުން އިދިކޮޅުންދަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ. އެގޮތުން އިއްޔެ ފުވައްމުލަކުގައިވެސް ގިނަ އަދަދެއްގެ ބަޔަކު ނުކުމެވަނީ މުޒާހަރާކޮށްފަ އެވެ.
ވޯލްޑް ކަޕް: ދަނޑު މަތިންނާއި ދަނޑު ބޭރުން ވެސް އެތައް ކަމެއް!
އެމްކިއުއޭއިން ކުރީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް: އެވިޑް ކޮލެޖު