ބޮލީވުޑްގެ މަޝްހޫރު ތަރި އަނުޝްކާ ޝަރްމާގެ ކުރިއަށް އޮތް ފިލްމުކަމަށްވާ "ޗަކްދާ އެކްސްޕްރެސް"ގެ މަސައްކަތް ނިމިއްޖެ އެވެ.
މިި ފިލްމަކީ ބަތަލާ އަނުޝްކާ ޝަރުމާ ތިން އަހަރަށް ފަހު އެކްޓިވް އަށް އެނބުރި އަންނަ ފިލްމަށްވާއިރު، މިއީ އިންޑިއާގެ އަންހެން ކްރިކެޓް ތަރި ޖޫލާން ގޮސްވާމީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
"ޗަކްދާ އެކްސްޕްރެސް" ފިލްމު ގެނެސްދިނުމަށް ހަމަޖެހިފައި ވަނީ ނެޓްފްލިކްސް އިންނެވެ. އަދި ފިލްމުގެ މަންޒަރުތައް ފުރިހަމަކުރުމަށްޓަކައި ފިލްމުގެ ބަތަލާކަމަށްވާ އިންޑިއާގެ ކްރިކެޓް ތަރި ވިރާތު ކޯލީގެ އަންހެނުން ވަނީ ކްރިކެޓް ޓްރޭނިން ހަދާފަ އެވެ. އެގޮތުން ވިރާޓްއާ އެކު އަނުޝްކާ ކްރިކެޓް ޓްރެއިނިން ހެދި މަންޒަރު ދައްކައިދޭ ފޮޓޯތައް ވެސް އާންމުވެފައިވެ އެވެ.
އަނުޝްކާގެ ފިލްމު ކުންފުނި ކްލީން ސްލޭޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ "ޗަކްދާ އެކްސްޕްރެސް" ޑައިރެކްޓް ކުރާނީ އޭނާ ކުޅެ، އެ ސްޓޫޑިއޯ އިން 2018 ގައި ގެނެސްދިން ބިރުވެރި ފިލްމު "ޕަރީ" ގެ ޑައިރެކްޓަރު ޕްރޮސިތު ރޯއި އެވެ.
މި ފިލްމުގެ ޝޫޓިންތައް ފެށިގެން ކުރިއަށްދާއިރު ގިނަ މަންޒަރުތައް ނެގުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އާއި އިނގިރޭސިވިލާތުގަ އެވެ.
މިދިޔަ އަހަރު ދަރިޔަކު ވެސް ލިބުނު ފަހުން އަނުޝްކާ އެނބުރި އެކްޓިން އަށް އަންނަ ފިލްމާ ބެހޭ ގޮތުން ބުނީ "ޗަކްދާ އެކްސްޕްރެސް" އަކީ ހުރިހާ ގޮތަކުން ވެސް ހާއްސަ ފިލްމެއް ކަމަށެވެ.
ފިލްމެއްގައި އަލަށް ކްރިކެޓް ކުޅުންތެރިއެއްގެ ރޯލު ކުޅޭ އިރު މިއީ އަނުޝްކާގެ ފުރަތަމަ ބައޮޕިކް ވެސް މެ އެވެ.
			ޝާހްރުކް ޚާންއަށް 60 އަހަރު!
		
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
								
								