ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ތަރި މަލާއިކާ އަރޯރާ އަކީ އެ އިންޑަސްޓްރީގައި ހިމެނޭ އެންމެ ކުޅަދާނަ އެއް ތަރި އެވެ.
ހަމައެހެންމެ މަލާއިކާގެ ހެދުން އެޅުމުގެ ވައްޓަފާޅިއާ، އޭނާ ގެންގުޅޭ ސްޓައިލުން އޭނާ ވަނީ ގިނަ ބައެއްގެ ސަމާލު ހޯދާފަ އެވެ. އެކަމަށް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވާއިރު، މަލާއިކާގެ އުފަން ދަރިފުޅު ކަމަށްވާ އަރްހާން ޚާންވެސް ވަނީ އޭނާގެ ހެދުން އެޅުމަށް މަލާމާތްކޮށްފަ އެވެ.
އެގޮތުން މަލާއިކާގެ އަމިއްލަ ޝޯއެއް ކަމަށްވާ "މޫވިން އިން ވިތް މަލާއިކާ" ޝޯގައި ވާހަކަ ދައްކަމުން އަރްހާން ވަނީ މަލާއިކާލީ، ކަޅު ކުލައިގެ ހެދުމަކަށް ފާޑުކިޔާފަ އެވެ.
އަރްހާން ބުނިގޮތުގައި މަލާއިކާގެ އެހެދުން ވައްތަރީ މޭޒުމަތީގައި އަޅާ ފޮތިގަނޑަކާ އެވެ. ނުވަތަ ޖަލުތައް ބެލެހެއްޓުމަށް ތިބޭ އޮފިސަރުންނާ އެވެ.
ދަރިފުޅުގެ މިބަސްތަކަށް މަލާއިކާގެ ރައްދެއް ނުލިބުނު ނަމަވެސް އޭނާ ހިނިތުންވެލައިގެން އިނެވެ. ނަމަވެސް އެކަމާއި މަލާއިކާ ހުރީ އުފަލުން ނޫންކަން އޭނާގެ މޫނުން އާންމުންނަށް ހާމަވި އެވެ.
ހިކަނދިފަތް ނުކައި އުކާލުމުގެ ކުރިން ވިސްނާލާ!
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
2.4 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ގެއްލުމެއް ނުވާނެ
