ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގުމުގައި އިދިކޮޅު ޕީޕީއެމްގެ ބައިވެރިވުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
ފުއާދު މިއަދު ވިދާޅުވީ ޕީޕީއެމްގެ ބައެއް މެންބަރުން އެ ހަރަކާތުގައި ބައިވެރިވިޔަސް އެއީ އެ ޕާޓީގެ ލީޑާޝިޕުން ތަރުހީބު ދީގެން ކުރި ކަމެއް ކަމަށް ސާބިތުނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޖުމްލަ 23 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ނަމަވެސް ދައުލަތުން ދައުވާ އުފުލީ 18 މީހެއްގެ މައްޗަށެވެ. އޭގެތެރޭގައި ދީނީ އިލްމުވެރިން ކަމަށްވާ އައްޝައިޚް އާދަމް ނިޝާމާއި އައްޝައިޚް ފަޒްލޫން މުހައްމަދު ހިމެނެ އެވެ.
އެ ބޭފުޅުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ނުފަށަ އެވެ.
ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާގެ ނަސީބުވެރިން
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
ވިޒިޓް މޯލްޑިވްސް އިން "2 އޮފް އަސް" ސަސްޕެންޑުކޮށްފި
