އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ކަސްރަތުކޮށް އުޅެނީ ބަރުދަން ލުއި ކުރުމަށެވެ. ކަސްރަތަކީ މީހާގެ ޖިސްމާނީ ސިއްހަތު ރަނގަޅު ކޮށްދިނުމުގެ އިތުރުން ވެސް މީހާގެ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅުކޮށްދީ ރީތިކޮށް ބަހައްޓައި އަވަހަށް ދިގުކޮށްދޭ ކަމެވެ.
ގަވާއިދުން ދުވަން ގޮސް ކަސްރަތުކުރާ މީހާގެ ލޭ ދައުރުވުން ރަނގަޅުވާކަމަށް ދިރާސާތަކުން ދައްކާފައިވާއިރު ލޭ ދައުރުވުން ރަނގަޅުވާ މިންވަރަކުން މީހާގެ އިސްތަށިގަނޑުގެ ހެއާ ފޮލިކަލްސްތަކަށް އާރޯކަން ލިބޭ މިންވަރުވެސް އިތުރުކޮށްދޭ ކަމަށް ދިރާސާތަކުންވަނީ ދައްކާފަ އެވެ.
ހެއާ ފޮލިކަލްސްތައް ރަނގަޅަށް މަސައްކަތް ކުރާނަމަ މީހާގެ އިސްތަށިގަނޑު އަވަހަށް ދިގުވުމަށް މެދުވެރި ވާއިރު ކަސްރަތުކޮށް ދުވަން ދިޔުމަކީ މީހާގެ ސްޓްރެސް ދަށްކޮށްދޭ ކަމެއްކަމަށް ވެސް ސައިންސްވެރިންގެ ދިރާސާތަކުން ވަނީ ދައްކާފަ އެވެ.
މިއީ ފަސޭހަ ގޮތެއްގައި ހަށިގަނޑަށް އެތައް އެތައް ފައިދާތަކެއް ލިބެން އޮތް ގޮތެކެވެ. ކޮންމެ ދުވަހަކުވެސް ވަކި މިންވަރަކަށް ދުވުމަށްފަހު އާދައިގެ ކަސްރަތުތައް ކޮށްލުމުންވެސް ހަށިގަނޑުގެ ސިއްހަތަށް ބޮޑެތި ބަދަލުތަކެއް މަދު ދުވަސްކޮޅެއްގެ ތެރޭގައި ގެނުވާނެ އެވެ.
އެހެންނަމަވެސް ކޮންމެކަމަކަށްވެސް ވަކި ހައްދެއް އޮންނަ ފަދައިން މާ ގަދަޔަށް ކަސްރަތުކުރުމުން ނުވަތަ ހަށިގަނޑު މާ ބޮޑަށް ވަރުބަލިވާ ވަރަށް ދުވުމުން މީހާގެ ހަށިގަނޑުގެ ކްރޯނިކް ސްޓްރެސް ލެވަލްތައް އިތުރުވެ އިސްތަށިގަނޑަށް ލިބޭނީ ގެއްލުމެވެ.
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
ރަހާ ކެމެރާ ކުރިމަތިން ފެނިދާނެ ކަމުގެ އިޝާރާތެއް!