ފަތިސް ގަޑިއަކީ އެންމެ އަރާމު ނިދި އަންނަ ގަޑި ކަމަށް ގިނަ ބަޔަކު ބުނެ އެވެ. މި ގަޑީގައި ނިދިން ހޭލުމަކީ ގިނަ ބަޔަކަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފަ އެވެ. އެހެން ނަމަވެސް މިއީ ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ.
ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ނޫން އެހެން ހުރިހާ ބާވަތަކީ ވެސް މައިގަނޑު ގޮތެގައި ކާބޯތަކެތިން ހަށިގަނޑަށް ލިއްބައިދޭ ތަކެއްޗެވެ.
އެހެން ނަމަވެސް ވިޓަމިން ޑީގެ ގާތްގަނޑަކަށް 70–90 ޕަސެންޓް ލިއްބައިދެނީ އިރުގެ އަވިންނެވެ. ހާއްސަކޮށް އިރު އަރައިގެން އަންނަ ވަގުތު އިރުން ލިބޭ ދޯދިތަކަކީ މުޅި ދުވަހުގެ ސިއްހަތު ރަނގަޅު ގޮތުގައި ހުރުމަށް އެހީވެދޭ އެއްޗެކެވެ.
މީގެ އިތުރުން ވެސް ފަތިހު ހޭލައި ބޭރަށް ނުކުމެލުމަކީ މީހާގެ ލޮޑުކަން ފިލުވައިދީ ކުރިއަށް އޮތް ދުވަހަށް މީހާ ތައްޔާރު ކޮށްދޭ ކަމެއް ވެސްމެ އެވެ. ހޭލާ ގޮތަށް ދުވަހުގެ ކަންކަމާ ކުރިމަތިލާނަމަ ކަންނެތްވުން ގާތެވެ.
ހަމައެއާއެކު ފަތިހުގެ ވަގުތަކީ ހަށިގަނޑުން ސަރުބީ އަންދާ މިންވަރު ިއިތުރު ވަގުތެކެވެ. އެހެން ކަމުން ބަރުދަން ލުއި ކުރަން މަސައްކަތް ކުރާ ނަމަވެސް އެންމެ ރަނގަޅީ ފަތިހު ހިނގަން ދިއުމެވެ.
އެހެން ކަމުން ފަތިސް ނަމާދު ކޮށްގެން ގެއިން ބޭރަށް ނުކުމެ ހިނގާލުމަކީ ދުވަހުގެ ތާވަލުގައި ހިމަނާލުން ވަރަށް ރަނގަޅު ކަމެކެވެ.
އަސްލު އަގަށްވުރެ ބޮޑުކޮށް އޭސީ ހަރުކުރަން އެސްޓާސްއަށް
ނޮވެމްބަރު 17ގެ އެއްވުން ފަސްކުރަން އެމްޑީޕީން ނިންމައިފި
ދަފުތަރުގައި ނެތް 3 ކުންފުންޏަކަށް 52 މިލިއަންގެ ޕްރޮޖެކްޓް ބެހި