ސުޕާރީ ފުކެއް ތާށިވެ ދިވެހި ޒުވާނެއްގެ ފުއްޕާމޭގެ އެއްފަޅި އެއްކޮށް ބެދިއްޖެ އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ފުއްޕާމޭގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު އިސްމާއީލް ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ޒުވާނާ ޑޮކްޓަރަށް ދައްކާފައިވަނީ ފުއްޕާމޭގައި އިންފެކްޝަންއެއްގެ އަލާމާތްތައް ފެނިގެން ކަމަށެވެ.
އަދި ކުރެވުނު ތަހުލީލުތަކަށް ފަހު ކަނާތު ފުއްޕާމޭގެ ހޮޅީގައި ސުޕާރީ ފުކެއް ތާށިވެފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.
އަދި ސުވާލު ކުރެވެމުން އެ ޒުވާނާއަކީ ސުޕާރީ ވަރަށް ގިނައިން ކައި އުޅޭ ފަރާތެއް ކަން އެނގުނު ކަމަށް ޑޮކްޓަރުގެ ޓްވީޓުގައި ބުނެފައިވެ އެވެ.
ސުޕާރީ ކެއުމާއި ދުފުމަކީ ގިނަ ދިވެހިންގެ ކަށީގައި ހިފާފައި ހުންނަ އާދައެކޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މިކަމުން ލިބިދާނެ ސިއްހީ ގެއްލުންތަކާ މެދު ޑޮކްޓަރުން އަބަދުވެސް އިންޒާރުދެ އެވެ.
އެގޮތުން ސުޕާރީއިން ދިމާވެދާނެ ސިއްހީ ގެއްލުންތަކުގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި އަނގައިގެ ކެންސަރު ފަދަ ނުރެއްކާތެރި ބަލިތައް ހިމެނެ އެވެ.
ރެކޯޑެއް: މީހެއްގެ ގައިން 3.1 ކިލޯގެ ބްލެޑާ ސްޓޯނެއް ނަގައިފި
ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފަށަން ފަންޑެއް
"ޑަރް"ގެ ސެޓުގައި ޖެހުނު މައްސަލަތައް: ސަނީ ބުނަނީ ކީކޭ؟