މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި މ.ނިރުފެހިގޭގެ އިމާރާތް ތަޅާލާ ސާފުކުރުމަށްފަހު އަލުން އެ ސަރަހައްދާއި ބަންދުކުރި އިސްކަންދަރު މަގު މިއަދު ހުޅުވައިފި އެވެ.
މި މަހު 10 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ރޯވި މ. ނިރުފެހިގެ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.
ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ބިދޭސީން މަރުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް އިންޑިއާ ރައްޔިތުންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ. އެމީހުންގެ ހަށިގަނޑުތައް އާއިލާގެ އެދުމުގެ މަތިން މިހާރު ވަނީ އެ ގައުމުތަކަށް ފޮނުވާލާފަ އެވެ.
އަލިފާންގަނޑު ނިންވާލުމަށްފަހު މަރުވި މީހުންގެ ހަށިގަނޑުތަށް ނެރެ ތަހުގީގަށް ބޭނުންވާ ހޯދުންތައް ހޯދުމަށްފަހު އެ ގޭގެ ފާރުތަށް ތަޅާލައި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރީ މާލޭ ސިޓީ ކައުންސިލުންނެވެ. މި މަސައްކަތުގެ ތެރެއިން އިންސާނެއްގެ ފައިތިލައެއް ވެސް ފެނިފައިވެ އެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!
