ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް، ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހުގައި އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ޝަރީފް ވަނީ މެންބާޝިޕް ފޯމް އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަހްމަދު އަބްދުﷲ އާ ހަވާލުކުރައްވާފަ އެވެ.
ޝަރީފަކީ މީގެކުރިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވިފަހުން އެމަނިކުފާނާއި ޝަރީފާ މެދު އޮތް ގުޅުން ވަނީ ހީނަރުވެފަ އެވެ.
ޕީޕީއެމްއިން ތުހުމަތުކުރާގޮތުގައި ރިޔާސީ އިންތިހާބުގެ ވޯޓު ވަނީ އޮޅުވާލައިފަ އެވެ. އެކަމާ ގުޅިގެން ޕީޕީއެމް އިން ވަނީ ޝަރީފާ ދެކޮޅަށް މީގެކުރިން މުޒާހަރާތަކެއް ވެސް ކޮށްފަ އެވެ.
ޔާމީންގެ ވެރިކަމުގައި ޝަރީފް ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމް ވެސް އަދާކުރައްވާފަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އޭނާ ވަޑައިގަތީ އިލެކްޝަންސް ކޮމިޝަނަށެވެ.
ޕާކިން ސިސްޓަމްތައް ބޭނުންނުކޮށްގެން 83 މިލިއަންގެ ގެއްލުމެއް
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!
ލުބުނާނުގައި އިޒްރޭލު ސިފައިިން ތިބުމާ އެމެރިކާއިން ދެކޮޅު
