ބޮމެއް ގޮއްވާލާނެ ކަމަށް ލިބުނު އިންޒާރަކާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން މާލެ އާއި އައްޑޫގައި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ހިންގަން ފަށައިފި އެވެ.
އެފަދަ އޮޕަރޭޝަނެއް ކުރިއަށްގެންދާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ. ފުލުހުން ކުރި ޓްވީޓްގައި ބުނެފައި ވަނީ އެ އޮޮޕަރޭޝަން ހިންގަމުން އަންނަނީ މާލޭގެ ބައެއް ސަރަހައްދުތަކުގެ އިތުރުން އައްޑޫ ހިމެނޭ ކަނޑުގެ ސަރަހައްދުގަ އެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލް ފުލުހުން ހާމައެއް ނުކުރެ އެވެ. ބޮން ސްކޮޑް އާއި ގިނަ އަދަދެއްގެ އެސްއޯ ފުލުހުންނާއި ސިފައިން އައްޑޫ ސިޓީ ހިތަދޫގެ ގެއެއް އަންނަނީ ބަލައި ފާސް ކުރަމުން އަންނަ ކަމަށް އެ ސިޓީން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުމުގެ މީހުން ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނަކަން ކަމާބެހޭ އިދާރާތަކުން އެއްކުރާ މައުލޫމާތުތަކުން ހާމަވެ އެވެ.
ޖެނިފާއާއި އޮބާމާއާ ގުޅުވައިގެން ދެކެވުނު ވާހަކަތަކުގެ ހަގީގަތް!
ޝާހްރުކް ޚާން ބޮލީވުޑުން "ބްރޭކް"އެއް ނަގަނީ!
ކިޑްނީ ބައްޔަށް ފަރުވާ ކުރާނަމަ ސަމާލުވާންޖެހޭ ކަމެއް!

އައްޑޫ އަތޮޅަކީ މިހާރު އިންޑިޔާގެ މިލިޓްރީ ޓުރޭނިން ސެންޓަރެއް ވީމާ އެކިއެކި ޓުރޭނިން ހިންގާނެ ! މިއަދު ހިންގަނީ ބޮން ހޯދާ ޓުރޭނިން !