އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޮރަން ކާޓާ މަރުވެއްޖެ އެވެ.
މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޮރަން މަރުވެފައި އޮއްވާ ފެނިފައިވަނީ ކެލިފޯނިއާގައި އޭނާ ދިރިއުޅޭ ގޭގެ ބާތް ޓަބްގެ ތެރޭގަ އެވެ. ނަމަވެސް އޭނާ މަރުވި ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އޮރަންގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރިތޯ ބެލުމަށް މިހާރު މަސައްކަތް ފަށާފަ އެވެ.
އުމުރުން 34 އަހަރުގައި އޮރަން މަރުވެފައިވާއިރު ޑިސެމްބަރު ހަތެއް 1987 ގައި އުފަންވި އެރަން ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރު ވެފައިވަނީ 1990ގެ ފަހުކޮޅުގަ އެވެ.
ޒުވާން އުމުރުގައި އެރަން މަރުވެފައިވާއިރު މިއުޒިކީ މަސައްކަތެއް އެރަން ނުކުރާތާ އަހަރުތަކެއް ވަނީ ވެފަ އެވެ. މި ފަހަކަށް އައިސް މަސްތުވާތަކެއްޗާއި ގުޅުންހުރި ބައެއް މައްސަލަތަކުގައިވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.
އާރޮން އަކީ އެމެރިކާގެ މަޝްހޫރު ބޭންޑް "ބެކްސްޓްރީޓް ބޯއިޒް" ގެ މެމްބަރު ނިކް ކާޓާ، ގެ ކޮއްކޮ އެވެ.
އާރޮން އަކީ ރާއްޖޭގެ ކުރެހުންތެރިއެއް ކަމަށްވާ އަލީ ޝިމްހާގްގެ ޑިޖިޓަލް ކުރެހުމެއް ވަގަށް ނަގައި ބޭނުންކުރި މައްސަލާގައި ދިވެހިންގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ފަރާތެކެވެ.
އަމީތާބުގެ ކެއުމާއި ނިދުމަށް ވެސް ބުރޫ އަރާފައިވާ ކަމަށް ބުނެފި
އެއީ އާދައެއް: "ޑޮން 3"އިން ރަންވީރު ވަކިވުމުން ފަރްހާންގެ ރައްދު
ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނީ ސައީދު ބަދަލުކޮށްގެން: ޒިޔާދު