ބޮލީވުޑްގެ ކާމިޔާބު ފިލްމު "ޖުޅުވާ" އިން މަޝްހޫރުކަން ހޯދި ބަތަލާ ރަމްބާ ކާރު އެކްސިޑެންޓްވެ، އެކިވަރުގެ އަނިޔާތަކެއް ލިބިއްޖެ އެވެ.
ރަމްބާގެ ކާރު އެކްސިޑެންޓްވެފައި ވަނީ ކެނެޑާގަ އެވެ. އެކްސިޑެންޓް ވިއިރު އޭނާއާއެކު އޭނާގެ އަންހެން ދަރިފުޅު ވެސް އިނެވެ. އޭނާގެ އަންހެން ދަރިފުޅުޅަށް އަންނަނީ ކެނެޑާ ހޮސްޕިޓަލެއްގައި ފަރުވާދެމުންނެވެ.
އޭނާ އެކްސިޑެންޓު ވެފައިވަނީ ދަރިފުޅު، ސްކޫލުން ނަގައިގެން ގެއަށް އައި މަގުމަތީގައި ކަމަށް އެނާ ބުންޏެވެ.
"ދަރިފުޅު ސްކޫލުން ނަގައިގެން ގެއަށް ދިޔަ މަގުމަތީގައި އެހެން ކާރެއް އައިސް އަޅުގަނޑު އިން ކާރުގައި ޖެހުނީ،" ރަމްބާ ބުނެފައިވެ އެވެ.
އިންސްޓަގުރާމަށް އޭނާގެ ދަރިފުޅާއި އެކްސިޑެންޓު ވެފައިވާ ކާރު ވެސް ވަނީ ލާފަ އެވެ. މިއާއެކު ރަމްބާގެ ފޭނުން ވަނީ އޭނާއަށް އަވަސް ޝިފާއަށް އެދި މެސެޖުތައް ކޮށްފަ އެވެ
ލިޓަސް އޮޓޯ މޯބައިލްއަށް ވެސް 40 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް
ހިނގަން ދިއުމަކީ ހާސްކަން ފިލާ ކަމެއް: ދިރާސާ
ބައިވެރިޔާއަށް ވަފާތެރިވާން އުނދަގޫތަ؟