ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމް ދ. ކުޑަވަދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ޕީޕީއެމްއިން ބުނީ ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގަންނަވާނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހު ކަމަށެވެ.
ރައީސް ޔާމީންގެ މިދަތުރުފުޅަކީ ކުޑަހުވަދޫގެ ރައްޔިތުންނާއި، ޕީޕީއެމްގެ އާންމު މެމްބަރުންނާއި ބައްދަލު ކުރެއްވުމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރެއް ކަމަށްވެސް އެޕާޓީއިން ބުނެ އެވެ.
އަދި މިއީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވިފަހުން އަތޮޅު ތެރޭގެ ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ރަށެވެ. ކުޑަހުވަދޫއަށް ރައީސް ޔާމީން ކުރައްވާ ދަތުރުގައި އެރަށުގައި ބާއްވާ ބޮޑު ޖަލްސާގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިދަތުރުގައި ޕީޕީއެމްއަށް މެމަބަރުން އިތުރު ކުރުމާއި، ޕީޕީއެމްގެ ތާއީދު ކުޑަހުވަދޫގައި އިތުރު ކުރުމުގެ ޚާއްސަ ހަރަކާތްތަކެއްވެސް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮޅިގެން ދިން ބޯނަސް، 6 މަސް ފަހުން އަތުލަނީ
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
"ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ހިދުމަތް ހުއްޓާލީ ހުއްދަ ނެތި"