މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި ތޫނު ދަގަނޑެއް ވެއްޓި ބިދޭސީ ފިރިހެނަކަށް ސީރިއަސް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ އެމީހާ އަށް ލިބުނު ސީރިއަސް އަނިޔާގެ ރިޕޯޓު ފުލުހުންނަށް ކުރީ މިއަދު މެންދުރު 11:38 ގައި ކަމަށެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ހެންވޭރުގައި ހަދަމުން ދިޔަ އިމާރާތަކަށް ދަގަނޑުތަކެއް އަރުވަމުން ދަނިކޮށް ކަމަށެވެ. އަދި ދަގަނޑު ވެއްޓި ހެރުނީ މަސައްކަތް ކުރަމުން ދިޔަ ބިދޭސީއެއްގެ ގަޔަށް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
އެނގިފައިވާގޮތުގައި ބިދޭސީ މީހާގެ ނޭފަތް ފޫއަޅުވާލައި ގޮސް ވަރަށް ފުންކޮށް ދަގަނޑު ވަދެފައިވެ އެވެ.
މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އިމާރާތްތަކުންނާއި، އެ މަސައްކަތް ކުރާ ސަރަހައްދުތަކުން އާންމުންނަށާއި، މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ފަރުވާކުޑަވުމުގެ ސަބަބުން އަނިޔާ ލިބޭ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ.
ކުޅުދުއްފުށީ 3 ސްކޫލަކަށް ކައުންސިލުން ލައްކައެއް ދެނީ
ގަސް ހެއްދުން: އުމުރު ދިގުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް!
މީރާއަށް ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ ދަށް
