މި ހަފްތާގެ ހުކުރު މަލާފަތުގެ ބައިގައި މި ގެނެސްދެނީ ބީފް ކެއުންތަކަށް ލޯބިކުރާ ފަރާތްތަކަށް ކަމުދާނެ ކެއުމެކެވެ. ހުކުރު ދުވަހު މި ރަހަމީރު ކެއުމަށް އިންސާފު ކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟
ބޭނުންވާ ތަކެތި
- 1 ބިސް¾ ޖޯޑު ކިރު
- 1 ޖޯޑު ޝްރެޑެޑް ޗެޑަ ޗީޒް
- ½ ޖޯޑު އޯޓްސް
- 1 ސައިސަމުސާ ލޮނު
- 1 ޕައުންޑް ގްރައުންޑް ބީފް
- 2/3 ޖޯޑު ޓޮމާޓޯ ސޯސް
- ¼ ޖޯޑު ހަކުރު (ބްރައުން ޝުގާ)
- ½ 1 ސަމްސާ މަސްޓާޑް
ތައްޔާރުކުރާނެ ގޮތް
- އެންމެ ފުރަތަމަ 175 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރާށެވެ.
- ދެން ބިސް، ކިރު، ޗީޒް، އޯޓްސް އަދި ލޮނުކޮޅު ރަނގަޅަށް އެއްކޮށް ގިރާލާށެވެ.
- އެއަށްފަހު އޭގެ ތެރެއަށް ބީފްކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން މަސްގަނޑުން ކުދި ގުޅަކެއް ތައްޔާރުކޮށްލާށެވެ.
- ދެން ޓްރޭގައި ކުޑަ ތެޔޮކޮޅެއް އުނގުޅާލުމަށްފަހު ބތައް އަތުރާލާށެވެ.
- އެެހެން ތައްޓެއްގައި ސޯސް، ހަކުރު، އަދި މަސްޓާޑް ކޮޅު އެއްކޮށްލުމަށްފަހު ބޯލްސްތަކުގެ މައްޗަށް އަޅާ 45 މިނެޓް ވަންދެން ފިހެލާށެވެ.
ކަށި މިޔަރުގެ މަސްވެރިކަމަށް ފުރުސަތު ނުދޭން ގޮވާލާ ގަރާރެއް
ޝާހުގެ އުފަން ދުވަހު އޭނާ ނުފެނުނީ ކީއްވެ؟
މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި