އެމްޕީއެލްގެ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުން ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ މުވައްޒަފުން ކަމަށެވެ. އަދި ޖާގައިގެ ދަތިކަމާ ހެދި އެމްޕީއެލްގެ އޮފިސްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިއަށް ގެންދެވެނީ މުވައްޒަފުންގެ ބުރަ މަސައްކަތުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މިއަދު ހެނދުނު ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައި އޮތް ދިދަ ނެގުމުގެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޝަރީފު އާއި ސިއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސިއީއޯ އިބްރާހިމް އަބްދުﷲ ބައިވެރިވެ ވަޑައިގެންވި ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
މީގެ އިތުރުން ކުންފުނީގެ އެހެން މެންބަރުންނާއި ސީނިއާ މެނޭޖްމަންޓުގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވި ކަމަށް އެމްޕީއެލް އިން ބުނެ އެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ރަސްމީ ރިޒާވް 1.13 ބިލިއަނަށް ވުރެ ގިނަ: ރައީސް