ސިންގަޕޫރުގެ ކޮމިޝަނަރ އޮފް ޕޮލިސް ފޯސް ހޫން ވީ ޓެކް، ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިބައްދަލު ކުރެއްވުމުގައި، ނައިބު ރައީސް ފައިސަލާއި ސިންގަޕޫރުގެ ޕޮލިސް ކޮމިޝަނަރ ވަނީ، ދެގައުމުގެ ފުލުހުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ފުލުހުންގެ ގާބިލްކަން އިތުރުކުރުމާއި، ރާއްޖޭގެ އަވައްޓެރި ފުލުހުންގެ ހިދުމަތް އިތުރަށް ތަރައްގީކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ދެގައުމުގެ ފުލުހުންނަށްވެސް ކުރިމަތިވާ، އެެއްގޮތް ހުރަސްތަކާއި ދަތިތައް ހައްލު ކުރުމުގައި، ދެ ގައުމުގެ ފުލުހުންގެ މެދުގައި، ތަޖުރިބާ އާއި މައުލޫމާތު ބަދަލުކުރުމާއި ގުޅޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުން، ސިންގަޕޫރާއި ރާއްޖެ އާއި ދެގައުމުގެ މެދުގައި އޮތް ޒަމާންވީ، ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ނައިބް ރައީސް ވަނީ، ފާއިތުވެދިޔަ އަހަރުތަކުގައި، ރާއްޖޭގެ ފުލުހުންގެ ހިދުމަތް ކުރިއަރުވައި ތަރައްޤީކުރުމުގައި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރުއަދާކުރައްވާފަ އެވެ.
މިއަހަރުގެ އޮސްކާ އެވޯޑަށް އާއްމުންގެ ފިނި ތަރުހީބެއް!
ރަޝިޔާ އޮތީ އީރާނާއެކު ސާބިތުކަމާއެކު: ޕުޓިން
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!