ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްގެން ދެކުނަށް ދިޔުމަށް މާލެއިން ފުރި "ސައުތުލައިން" އަނބުރާ މާލޭ ފަޅަށް ވައްދައިފި އެވެ.
މެރިން ފުލުހުން ބުނީ ގަވާއިދާ ހިލާފަށް މުދާ ބަރުކޮށްގެން މާލެއިން ފުރިފަހުން ހުއްޓުވައި އަނބުރާ މާލޭ ފަޅަށް ވެއްދީ މާލެއިން ފުރައިގެން ދެކުނަށް ދަތުރުކުރަމުންދިޔަ "ސައުތުލައިން" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.
ބޯޓު މާލޭ ފަޅަށް ވެއްދުމަށްފަހު ގަވާއިދާ އެއްގޮތަށް މުދާ ބަރުކޮށްގެން ނޫނީ ބޯޓު އިތުރަށް ދަތުރުނުކުރަން އަންގާފައިވާނެކަމަށް މެރިން ފުލުހުން ބުނެ އެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސާމާލުކަން ދީގެން ދަތުރުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފަ އެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އިލްތިމާސްކުރައްވަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ.
އެމްޑީޕީގެ ކެމްޕޭން ބެނާތަކެއް އެމްޓީސީސީން ނަގައިފި
އީރާނުގެ ސަފީރު ވަގުތުން ލުބުނާނުން ބޭރުވުމަށް އަންގައިފި
އިންޑިއާގެ އެންމެ މުއްސަނދި 10 ޓީވީ ތަރިން