މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއަކުން 82 ހުށަހެޅުން ލިބިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބުނެފި އެވެ.
އެމްއެމްސީއިން ބުނީ މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 12 ދާއިރާއަކުން ހުޅުވާލިއިރު ހުރިހާ ދާއިރާކުންވެސް ހުށަހެޅުން ލިބިފައިވާ ކަމަށެވެ. އެގޮތުން 82 ހުށަހެޅުން ލިބިފައިވާ ކަމަށް އެމްއެމްސީއިން ބުނެ އެވެ.
މިއަހަރު އިނާމު ދިނުމަށް ނިންމާފައިވާ ދާއިރާތަކުގެ ތެރޭގައި ތަހުގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާއީ، ސިޔާސީ، ޝަރުއީ އަދި ގާނޫނީ، ވިޔަފާރިއާއި އިގުތިޞާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އެންމެ އުންމީދީ ނޫސްވެރިޔާ، އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.މިއީ ނޫސްވެރިންގެ މަސައްކަތް ކުރިއަރުވައި، ހިތްވަރު ދިނުމަށްޓަކައި ދެމުން އަންނަ އިނާމެކެވެ.
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައި ގެއްލުންތަކެއް
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"