ވައްކަމުގެ މައްސަލަތައް ގިނަވާތީ، އެ ކަން މަދުކުރުމަށް އައްޑޫގައި ހާއްސަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނީ، ވައްކަމުގެ މައްސަލަތައް މަދުކޮށް، ރައްޔިތުންނަށް އަމާން ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުށުގެ ވެށީގައި ހަރަކާތްތެރިވާ މީހުންނާއި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތު ކުރެވޭ މީހުން ހުއްޓުވައި ފުލުހުން ގެންދަނީ ސުވާލުކުރަމުން ކަމަށެވެ.
އޭގެ އިތުރުން ކުށްތައް ގިނަކަމަށް ފާހަގަ ކުރެވޭ ސަރަހައްދުތަކުގައި ފުޓްފެޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާކަން ފާހަގަކޮށް ފުލުހުން ބުނީ އެ މަސައްކަތްތަކުގެ ތެރެއިން ނިމިިދިޔަ މަހުގެ 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހިތަދޫ ގެއެއް ބަލައިފާސްކޮށް، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގޯ ޕްރޯ އަކާއި މޮބައިލް ފޯނުތަކެއްވެސް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، އައްޑޫ ސިޓީގައި ވައްކަމުގެ މައްސަލަތައް މަދުކޮށް އެކަން ހުއްޓުވުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގޭބިސީތަކާއި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތްދަނީ ކުރަމުން ގެންދާކަމަށެވެ. އަދި ވައްކަމުގެ މައްސަލަތައް ގިނަވާ ކަމަށް ބެލެވޭ ގަޑިތަކުގައި ފުލުހުން އެ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މިންވަރު އިތުރު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.
އޭގެ އިތުރުން، ވައްކަމުގެ މައްސަލަތައް މަދުކުރުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ވައްކަން ކުރުމަށް ފުރުސަތު ނުދީ، ފައިސާ އާއި އެފަދަ އެހެނިހެން ތަކެތި ފަސޭހައިން ނެގޭގޮތަށް ނުބެހެއްޓުމަށް ފުލުހުން އާންމުންނަށް ނަސޭހަތްތެރިވެފައިވެ އެވެ. އަދި ގޭގެއަށް ފަސޭހައިން ނުވަދެވޭނެހެން ބަންދުކޮށްފައި ބެހެއްޓުމަށްވެސް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.
ޔޫއޭއީ އާއި ގަތަރުގެ ސަފީރުކަމަށް ތޯރިގާއި އާދަމް ޝަރީފް
ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުވާ މައްސަލަ ފަށަނީ
އައިވަރީ ކޯސްޓް ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ ދެވަނަ ބުރަށް

ހަކުރުބޯ މީހުން ސައިޒްކުރަނިކޮށް ތިޔަކަން ނިމިދާނެ.