މިއަދު ބޭއްވި މ. ދިއްގަރާއި ތ. ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން ވެރިކަންކުރާ އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.
ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުالله އަރީފް ކާމިޔާބު ކުރެއްވީ 50 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް ލިބިވަޑައިގަތީ 375 ވޯޓެވެ. އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުލްހަންނާން އަހްމަދަށް ލިބިވަޑައިގަތީ 325 ވޯޓެވެ.
ދިއްގަރު ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައި މިވަނީ އެ ކައުންސިލްގެ މެންބަރު އިބްރާހީމް ހަލީލް އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އަކީ އަމިއްލަގޮތުން އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަހްމަދު ކާމިޔާބު ކުރެއްވީ ނުވަ ވޯޓުގެ ތަފާތުންނެވެ. ޒުލައިޚާއަށް ލިބިވަޑައިގަތީ 210 ވޯޓެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލްހާދީއަށް ލިބިވަޑައިގަތީ 201 ވޯޓެވެ.
ގާދިއްފުށީ ކައުންސިލްގެ ބައި އިލެކްޝަން ބޭއްވީ އެ ކައުންސިލްގެ މެންބަރު މަރްޔަމް ހަސަން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އަކީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ރޯދަ މަހުގެ އުމްރާ ޕެކޭޖުތަކުން 7،000 ރުފިޔާ ބޮޑުކޮށްފި
20 އަހަރު ފަހުން ޖިއޯޖިއޯ އަރްމާނީގެ އާ ރޭންޖެއް "އައިވިލް"
ރަޝިޔާ މާކެޓް ފުޅާކޮށް ފްލައިޓްތައް އިތުރުކުރަން އެއްބަސްވެއްޖެ
