ފައިޒާ އައި ބަޔޯޓެކުން ކޮވިޑް-19 އަށް އުފެއްދި ވެކްސިން މިއަހަރު ނިމުމުގެ ކުރިން ޔޫރަޕްގައި ދޭން ފެށުމުގެ ހުއްދަ އަށް އެދި ޔޫރަޕިއަން މެޑިކަލް އެޖެންސީ (އީއެމްއޭ) އަށް ހުށައަޅައިފި އެވެ.
މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގަ އެވެ.
"ކޮވިޑް-19 އިން ރައްކާތެރިވުމަށް މި ވެކްސިންގައި ހުރި ރިސްކުތަކަށް ވުރެ ފައިދާ ބޮޑުކަމަށް އީއެމްއޭ އަށް ފެނިއްޖެ ނަމަ ސީއެމްއޭ (ކޮންޑިޝަނަލް މާކެޓިން އޮތޮައިޒޭޝަން) ދޭން. އޭރުން މިއަހަރު ނިމުމުގެ ކުރިން ޔޫރަޕްފައި ބީއެންޓީ 162 ބީ 2 ވެކްސިން ދޭން ފެށިގެންދާނެ،" އެ ނޫސްބަޔާނުގައި ވެ އެވެ.
ފައިޒާ އަދި ބަޔޯޓެކުން ހުށައެޅި އެޕްލިކޭޝަނަކީ އޮކްޓޯބަރު 6ގައި ފެށިގެން ކުރިއަށްވާ ރިވިއު ޕްރޮސެސްއެއްގެ އެންމެ ފަހު ފިޔަވަޅެވެ. ދެން މި ވެކްސިން ޓެސްޓް ކުރެވިގެން ދާނީ އީއެމްއޭއިން ކަނޑައަޅާ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށެވެ.
މި މަހުގެ ކުރީކޮޅު ފައިޒާ/ބަޔޯޓެކް ގެ އެމްއާރްއެންއޭ ވެކްސިން އެމެރިކާގެ ފުޑް އެން ޑްރަގް އޮތޯރިޓީގެ ހުއްދަ ހޯދުމަށް ހުށައަޅާފަ އެވެ.
އެމްޑީޕީ ޕްރައިމަރީ ސުންހަވެރިކަމާ އެކު ނިންމާލުމަށް އެދިއްޖެ
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު މީހަކު ހައްޔަރަށް
ވިވެކް ބޮލީވުޑުން ދުރަށް ދިޔައީ ކީއްވެ؟
