އައްޑޫ ފްލައިން ސްކޫލު، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ގެ ދަރިވަރުންނާމެދު ކަންތައް ކުރެވެނީ ބޭއިންސާފުން ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ކުދިންނާ މެދު އަމަލު ކުރެވެމުންދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ އެކަން ކުށްވެރި ކުރައްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރެވެމުންދާ ވަގުތެއްގައި ކިޔަވާ ކުދިންނާއިމެދު ބޭއިންސާފުން އަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.
އައްޑޫ ފްލައިން ސްކޫލުން ދަރިވަރުންނާ މެދު އަމަލުކޮށްފައިވާ ބޭއިންސާފު ގޮތްތަކާ ގުޅިގެން އެ ސްކޫލާ މެދު ފިޔަވާޅު އަޅަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ނިންމައިފަ އެވެ.
އެ ސްކޫލްގައި ހުރި މައްސަލަތައް ހައްލު ކުރުމަށް 22 އޮކްޓޯބަރުގައި 20 ދުވަހުގެ މުހުލަތެއް ސަރުކާރުން ދިނެވެ. ނަމަވެސް އެކަންކަން ހައްލުކޮށްފައެއް ނުވެ އެވެ.
އަޔާޑާ މައްސަލައާ ގުޅިގެން އެމްޓީޑީސީގެ ބޯޑުން އަސާމީ އިސްތިއުފާ
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް
"މައިކަލް"ގެ ސީކުއަލްގައި ޖިންސީ ގޯނާގެ ތުހުމަތުތަކަށް ނަޒަރެއް!
